Saturday, October 31
ސްނޯކްލިންއަށް ގޮސް އުޅުނު މީހަކު ގެއްލިގެން ހޯދަނީ

ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިންއަށް ގޮސް އުޅުނު ފަތުރުވެރިއަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ސިނަމަން ދޮންވެލި ރިސޯޓް ކައިރިއަށް ސްނޯކްލިން އަށް ގޮސް އުޅުނު ފިރިހެން ފަތުރުވެރިއަކު ގެއްލިގެން، ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަން އިން ކުރަމުންދާ ކަމަށެވެ.

އެ މީހާއާ ގުޅޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފުން އަދި ހިއްސާއެއް ނުކުރެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު