Saturday, October 31
ޕީއެންސީގެ ދަފްތަރާއި މެދު ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތު އިތުރުކޮށްފި

ވެރިކަން ކުރާ ޕާޓީ ޕީއެންސީގެ ދަފްތަރާއި މެދު ޝަކުވާ ހުށަހެޅުމަށް ދިން މުއްދަތު އިތުރުކޮށްފިއެވެ.

ޕީއެންސީގެ ދަފުތަރާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އެ ޕާޓީން ހުޅުވައިލީ މިދިޔަ ޖެނުއަރީ 10، ގަ އެވެ.

އެ ޕާޓީން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ މިހައިތަނަށް ލިބިފައި ހުރި ޝަކުވާތަކާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޕީއެންސީގެ ދަފުތަރާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކުރީ ޕާޓީގެ ދަފުތަރު ބެލެހެއްޓުން ޕާޓީގެ އިދާރީ އޮނިގަނޑުގެ ތެރެއިން އިތުރަށް ހަރުދަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައި ވާތީ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރު ކުރީ އޭޕްރިލް 13 ގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު