Saturday, October 31
މައި ޕޯޓަލް އިން އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރެޖިސްޓަރވެވޭނެ ނިޒާމް ޤާއިމްކޮށްފި

ސިޔާސީ ޕާޓީތަކުގެ ގަވާއިދު އިސްލާހުކޮށް މައި ޕޯޓަލް އިން އީ-ފާސް މެދުވެރިކޮށް ސިޔާސީ ޕާޓީތަކަށް ރެޖިސްޓަރވެވޭނެ ނިޒާމް ޤާއިމްކޮށްފިއެވެ.

އިލެކްޝަން ކޮމިޝަނުން ބުނީ މި ގެނެވުނު އިސްލާހާއެކު، ސިޔާސީ ޕާޓީއެއްގެ މެންބަރަކަށް ވުމަށް ކުރިން ބޭނުންކުރި "ކަރުދާސް ފޯމު" ގެ ބަދަލުގައި މި ކޮމިޝަނުގެ ޕޯޓަލް "my.elections.gov.mv" އަށް އީ-ފާސް މެދުވެރިކޮށް ފަސޭހަކަމާއެކު ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނެ އިންތިޒާމް ވަނީ ހަމަޖެހިފައި ކަމަށެވެ.

އީސީއިން ބުނިގޮތުގައި މި ބަދަލު ގެނައުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ސިޔާސީ ޕާޓީތަކަށް މެންބަރުން ވެއްދުމާއި ޕާޓީ ބަދަލުކުރުމުގެ ނިޒާމު ހަރުދަނާކުރުމެވެ.

އަދި ސިޔާސީ ޕާޓީތަކަށް ރެޖިސްޓަރީވުމަށް ފޮނުވާ ހުށަހެޅުންތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށްޓަކައި، މެންބަރޝިޕްގެ ކަންކަން ޑިޖިޓަލްކޮށް، ޑިޖިޓަލް ނިޒާމެއް ތައާރަފްކުރުން ކަމަށްވެސް އީސީއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓު

  1. ރައްޔިތެއް - 2025-02-13T21:20:21

    ޕާޓީން ވަކިވާ ވެސް ގޮތެއްވެސް އޮމާން ޖެހޭނެއެވެ