Saturday, October 31
ރައްކާތެރިކަމެއް ނެތި މަގުމައްޗަށް ވެއްޓޭގޮތަށް ހުރި ގަސްމުށި ނަގަން އަންގައިފި

ރައްކާތެރިކަމެއް ނެތި މަގުމައްޗަށް ވެއްޓޭގޮތަށް ހުރި ގަސްމުށި ނަގަން މާލެސިޓީ ކައުންސިލުން އަންގައިފި އެވެ.

އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި މާލެސިޓީ ކައުންސިލުން ބުނީ އެއްވެސް ރައްކާތެރިކަމެއްނެތި ކޮންމެ ވަގުތެއްގައިވެސް މަގުމައްޗަށް ވެއްޓިދާނެ ގޮތަށް ބައެއް ފަރާތްތަކުން އޭސީ އައުޓްޑޯ ޔުނިޓްމަތީގައި ގަސްމުށި ބަހައްޓާފައި ހުންނަ ކަމަށެވެ.

މާލެސިޓީ ކައުންސިލުން ބުނީ އޭސީ އައުޓްޑޯ ޔުނިޓް މަތީގެ އިތުރުން ބެލްކަނީގައި މަގުމައްޗަށް ވެއްޓިދާނޭ ގޮތަށް ގަސްމުށި ފަދަ އެއްޗެހި ބެހެއްޓުމަކީ މަނާކަމެއްކަމަށެވެ.

https://twitter.com/MaleCitymv/status/1889916764995330551

ވީމާ ހުރިހާ ރައްޔިތުންގެ ރައްކަލަކަށްޓަކައި އެގޮތަށް ގަސްމުށި ބަހައްޓާފައިހުރޭތޯ ޗެކްކުރަމުންދާނެ ކަމަށާއި، އެކަން އެގޮތަށް ނުކުރުމަށް ސިޓީ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު