Saturday, October 31
ހައްޖާއި އުމުރާއަށްދާ މީހުން ވެކްސިންތައް ފުރިހަމަކުރުމަށް އެޗްޕީއޭ އިން އިލްތިމާސްކޮށްފި

ހައްޖާއި އުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން ފުރާ ފަރާތްތަކުން ކަނޑައެޅިފައިވާ ވެކްސިންތައް ފުރިހަމަކުރުމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ފަރާތުން ފާހަގަކުރެއްވި ގޮތުގައި، ދުނިޔޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ މީހުން އެއްތަނަކަށް އެއްވުމުގެ ސަބަބުން ފެތުރިދާނެ ބަލިތަކުން ރައްކާތެރިވުމަށާއި، އެނބުރި އައުމަށްފަހު ރާއްޖެއަށް ބަލި ފެތުރުން ހުއްޓުވުމަށް ވެކްސިން ޖެހުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.

މިގޮތުން މެނިންގޯކޯކަލް ކޮންޖުގޭޓް ވެކްސިން، އިންފްލުއެންޒާ އަދި އޯރަލް ޕޯލިއޯ ވެކްސިން ޖެހުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެއެވެ.

އެޗްޕީއޭއިން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހައްޖު އަދި އުމްރާ ގްރޫޕްތަކުގެ އިތުރުން އަމިއްލަ ގޮތުން ދަތުރުކުރާ ފަރާތްތަކުންވެސް މި ވެކްސިންތައް ޖަހާފައިވާކަން ޔަގީންކުރަންވާނެއެވެ.

އަދި މި ވެކްސިންތަކުގެ މިންގަނޑުތައް ކަނޑައަޅަނީ އެވަގުތެއްގައި ބަލިތައް ފެތުރޭ މިންވަރަށާއި ރާއްޖޭގެ ހާލަތަށް ރިއާޔަތްކޮށްގެންނެވެ.

އަދި ވެކްސިންތަކަށް އަންނަ އައު ކުރިއެރުންތަކާއި ބަލިތައް ފެތުރޭ މިންވަރަށް އަންނަ ބަދަލުތަކާ ގުޅިގެން މި މިންގަނޑުތަކަށް ބަދަލު ގެނެވި، އެކަން އާންމުކޮށް އަންގާނެކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު