Saturday, October 31
ރަމަޟާން މަހު މަޖިލިސް ބަންދުކުރަން ފާސްކޮށްފި

ރަމަޟާން މަހަށް ރައްޔިތުންގެ މަޖިލީސް ބަންދުކޮށް، މި ދައުރު މި މަހުގެ ނިޔަލަށް ނިންމާލުމަށް މަޖިލީހުގެ އާންމު ކޮމިޓީން ފާސްކޮށްފިއެވެ.

މި ބަދަލު ގެނައުމަށް މަޖިލީހަށް ހުށަހެޅުއްވީ ޕީއެންސީގެ ފަރާތުން މާފަންނު ދެކުނު ދާއިރާ ތަމްސީލުކުރައްވާ އަބްދުﷲ ރިފާއު (ބޮޗޭ) އެވެ.

ގެނެވުނު އިސްލާހުގެ ދަށުން މަޖިލީހުގެ އަހަރީ ދައުރުތައް އަލުން ތަރުތީބުކުރެވިފައިވެއެވެ. މީގެ ތެރޭގައި ފުރަތަމަ ދައުރު ކުރިއަށްދާނީ ޖެނުއަރީ މަހާއި ހަމައަށެވެ، ދެވަނަ ދައުރު އޭޕްރީލް 1 އިން ޖުލައި މަހުގެ ނިޔަލަށް، އަދި ތިންވަނަ ދައުރު ސެޕްޓެމްބަރު 1 އިން ނޮވެމްބަރު މަހުގެ ނިޔަލަށް ކަނޑައެޅިފައިވެއެވެ.

ނަމަވެސް ރިފާއު ވިދާޅުވި ގޮތުގައި، ފުރަތަމަ ދައުރު ޖެނުއަރީގެ ނިޔަލަށް ހިނގާނެ ކަމަށް ބަޔާންކޮށްފައި އޮތަސް މި އަހަރުގެ މިހާރު ހިނގަމުންދާ ފުރަތަމަ ދައުރު ހިނގާނީ ފެބްރުއަރީ މަހުގެ ނިޔަލަށް ކަމަށެވެ.

އާންމު ކޮމިޓީން މި އިސްލާހު ވަނީ އެއްވެސް ބަދަލެއް ނުގެނެސް ފާސްކޮށްފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު