Saturday, October 31
އިހުތިޖާޖުކުރި ޓެކްސީ ޑްރައިވަރުން މިނިވަންކުރުމަށް ގޮވާލައި ކުއްލި މައްސަލައެއް ހުށަހަޅައިފި

އިހުތިޖާޖުކުރި ޓެކްސީ ޑްރައިވަރުން މިނިވަންކުރުމަށާއި ޓޯކުރި ޓެކްސީތައް ދޫކުރުމަށް ގޮވާލައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލު އަޙްމަދު ނަޞީމް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މި މައްސަލައިގައި މެންބަރު މީކާއީލް ވިދާޅުވެފައިވަނީ ޚިޔާލުފާޅުކުރުމާއި ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކޮންމެ މީހަކަށްވެސް ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެއް ކަމަށާއި، ޓެކްސީ ޚިދުމަތްދޭ ފަރާތްތަކުގެ މަސައްކަތް ކުރުމުގެ ޙައްޤުތަކަށް ހުރަސް އެޅޭ ގޮތަށް ސަރުކާރުގެ ޓެކްސީ ލައިނެއް ތަޢާރަފްކުރުމާ ގުޅިގެން ކަންބޮޑުވުމުގެ ޝުޢޫރު ފާޅުކުރުމުގެ ގޮތުން 11 ޑިސެންބަރު 2024 ގައި ޓެކްސީ ޑްރައިވަރުން ކުރަމުންދިޔަ އިހުތިޖާޖަށް އިޖާބަދިނުމެއް ނެތި ފުލުހުން މެދުވެރިކޮށް ސަރުކާރުން އެ އިހުތިޖާޖަށް ހުރަސް އަޅާފައިވާ ކަމަށެވެ.

މީގެ އިތުރުން، އިހުތިޖާޖުގައި ހަރަކާތްތެރިވަމުންދިޔަ ޓެކްސީ ޑްރައިވަރުންތަކެއް ހައްޔަރުކޮށް، އިހުތިޖާޖުގައި ބައިވެރިވެފައިވާ ޓެކްސީތައް ޓޯކޮށްފައިވަނީ ޞުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމާއި، މުދާ މިލްކުކުރުމާއި މަސައްކަތް ކުރުމުގެ ޙައްޤަށް ހުރަސްއެޅޭ ގޮތަށް ކަމަށްވެސް އެ މައްސަލައިގައި ވިދާޅުވެފައިވެއެވެ.

އަދި ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގެ ސަބަބުން އެއްވެސް މީހެއްގެ ފުރާނައަށް ނުވަތަ މުދަލަކަށް ގެއްލުންވާ ފަދަ ޢަމަލެއް ހިންގާފައި ނުވާއިރު، ޞުލްޙަވެރިކަމާއެކު އިހުތިޖާޖު ކުރަމުންދިޔަ ރައްޔިތުންތަކަކާމެދު މަގުމަތީގެ ގަވާއިދުތަކާ ޚިލާފުވާ ފަރާތްތަކާމެދު ޢަމަލުކުރާ މިންގަނޑުން ޢަމަލުކޮށް، އެ ފަރާތްތަކުގެ ހަރު މުދަލަށް ގެއްލުންވާ ގޮތަށް ޓެކްސީތައް ޓޯކުރުމަކީ ކަނޑައެޅިގެން ރައްޔިތުންގެ އަޑު ކަނޑުވާލުމުގެ ނިޔަތުގައި ހިންގާފައިވާ ޢަމަލެއް ކަމަށްވެސް ވިދާޅުވެފައިވެއެވެ.

އެހެންކަމުން ރައްޔިތުންގެ އަސާސީ ޙައްޤުތަކަށް އުނިކަން އަންނަ ފަދަ ޢަމަލުތައް މިހާރުން މިހާރަށް ނިމުމަކަށް ގެނެސް، އިހުތިޖާޖުކުރުމުގެ ސަބަބުން ހައްޔަރު ކުރެވުނު ޓެކްސީ ޑްރައިވަރުން މިނިވަންކޮށް، އެ ފަރާތްތަކުގެ މުދާ އަނބުރާ ހަވާލުކުރުމަށް މީކާއީލް ވަނީ ގޮވާލައްވައިފައެވެ.

މެންބަރު މީކާއީލް ހުށަހެޅުއްވި މި މައްސަލައަށް ބަހުސްކުރެއްވުމަށް މިއަދުގެ ޖަލްސާގައި ތިއްބެވި 64 މެންބަރުންގެ ތެރެއިން 63 މެންބަރަކު ވަނީ ފެންނަ ކަމަށް ވޯޓު ދެއްވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު