Monday, October 12
އުމްރާވެރިން މެނިންޖައިޓިސް ވެކްސިން ޖަހަންޖެހޭ ގަވައިދު ސައުދީން ބާތިލްކޮށްފި

އުމްރާވެރިން މެނިންޖައިޓިސް ވެކްސިން ޖަހަންޖެހޭ ގަވައިދު ސައުދީން ބާތިލްކޮށްފިއެވެ.

މެނިންޖައިޓިސް ބަލިން ސަލާމަތްވުމަށް ޖަހާ ވެކްސިން، ސައުދީއަށް އުމްރާއަށް ދާ އުމްރާވެރިން ޖެހުން ލާޒިމްކުރާ ގަވައިދު ސައުދީގެ ޖެނެރަލް އޮތޯރިޓީ އޮފް ސިވިލް އޭވިއޭޝަން (ޖީއޭސީއޭ)އިން ބާތިލްކޮށްފި އެވެ.

މިދިޔަ  ބުރާސްފަތި ދުވަހު ސައުދީގެ ސިވިލް އޭވިއޭޝަނުން ވަނީ މީގެ ކުރިން ޖެނުއަރީ މަހު ނެރުނު ސާކިއުލާއެއްގެ ދަށުން ނެރުނު އިރުޝާދު އަނބުރާ ގެންގޮސް، އެ ޝަރުތު އުވާލާފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ކުރީގެ ގަވާއިދުގައި ހައްޖުވެރިން ފުރުމުގެ މަދުވެގެން 10 ދުވަސް ކުރިން މެނިންޖައިޓިސް ވެކްސިން ޖަހަން ލާޒިމްކޮށްފައިވެ އެވެ.

އުމްރާއަށް ދަތުރުކުރާ ހުރިހާ ފަރާތްތަކަށް ކޮންމެ ގައުމަކުން ވިޔަސް، މެނިންޖައިޓިސް އާއި ޕޯލިއޯ ވެކްސިން ޖަހަން މީގެ ކުރިން ވަނީ ލާޒިމްކޮށްފަ އެވެ. ނަމަވެސް މެނިންޖައިޓިސް ވެކްސިން މަޖުބޫރު ނޫން ނަމަވެސް އަދިވެސް ޕޯލިއޯ ވެކްސިން ޖަހަން ޖެހެއެވެ.

މިކަމާއި ގުޅިގެން ރާއްޖެއިން އަދި ވަކި އެއްޗެއް އަންގާފައެއް ނުވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު