Tuesday, October 13
ރިސޯޓެއްގެ އިސް މަޤާމެއްގައި ހުރި މީހަކަށް ހަމަލާދިން މައްސަލައެއް ބަލަނީ

ފޮޓޯ: ޕޮލިސް

ލ. އަތޮޅެއްގެ ރިސޯޓެއްގެ އިސް މަޤާމެއްގައި ހުރި މީހަކަށް ހަމަލާދިން މައްސަލައެއް ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ލ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި، އެ ރިސޯޓުގެ އިސް މަޤާމެއްގައި ހުރި މީހަކު ބައިސްކަލުގައި ދަނިކޮށް ފަހަތުން މީހަކު އައިސް އޭނާގެ ބޮލުގައި ޖަހައި މާރާމާރީ ހިންގި މައްސަލައެއްގެ ރިޕޯޓު އިއްޔެ ލިބިފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ. އަދި މި މައްސަލައާ ގުޅޭ އިތުރު އެއްވެސް ތަފްޞީލެއްވެސް ފުލުހުން އާންމުކޮށްފައެއް ނުވެއެވެ.

ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު