ލޯބިވެރިޔާގެ ކުރީގެ ފިރިމީހާގެ ސައިކަލުގައި އަލިފާން ރޯކޮށްލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ފިރިހެނެކެވެ.
އޭނާ ބަންދުކުރުމަށް އަމުރުކޮށް، ކްރިމިނަލް ކޯޓުން މިއަދު ނެރުނު ކޯޓު އަމުރުގައިވާ ގޮތުން ސައިކަލުގައި ރޯކޮށްލީ ޖަނަވަރީ މަގުގައި ހުންނަ ވެލިގާ ހާޑްވެއަރ ކައިރީގައި ސައިކަލު ބަހައްޓާފައި ހުއްޓައެވެ.
އޭނާ ބުނެފައިވަނީ އެ ސައިކަލަކީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ އަންހެން މީހާގެ ކުރީގެ ފިރިމީހާގެ ސައިކަލު ކަމަށާއި، ސައިކަލުގައި ރޯކޮށްލެވުނީ މަސްތުގެ ހާލަތުގައި ހުރުމުން ކަމަށެވެ.
މި މައްސަލާގައި ކޯޓުން އަމުރުކުރީ 15 ދުވަހަށް އޭނާ ބަންދުކުރުމަށެވެ.
އޭނާއަކީ ކުށުގެ ރެކޯޑު ގިނަ މީހެއް ކަމަށާއި، އޭނާއަކީ ކުށްކުރާ ޖަމާއަތެއްގައި ހަރަކާތްތެރިވާކަމުގެ ރެކޯޑު އޮތް މީހެއް ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
މި ލިޔުން ކިޔާލުމުން