Saturday, October 31
ހިރިޔާ ސްކޫލްގައި ބޭއްވި ފުޓްސަލް މެޗެއްގެ ތެރެއިން ބެލެނިވެރިއަކު ނިޔާވެއްޖެ

ހިރިޔާ ސްކޫލްގައި ބޭއްވި ފުޓްސަލް މެޗެއްގެ ތެރެއިން އެ ސްކޫލްގެ ބެލެނިވެރިއަކު ނިޔާވެއްޖެއެވެ.

ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި ހިރިޔާ ސްކޫލްގެ ޕީޓީއޭ އިން އިންތިޒާމުކޮށްގެން ހިންގި ކުޅިވަރު ހަރަކާތެއްގައި ކުޅުނު އެ ފުޓްސަލް މެޗު ނިމުނު ފަހުން ދަނޑުމަތީ އޮށޯތް ބެލެނިވެރިއަކަށް ޞިއްޙީ މައްސަލައެއް ދިމާވިކަން ފާހަގަކުރެވުމާއެކު އައިޖީއެމްއެޗް އަށް ވަނީ ގެންގޮސްފައެވެ. އަދި އެ ބެލެނިވެރިޔާ ނިޔާވެފައިވާ ކަމަށް ތަޢުލީމީ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

އެ ވުޒާރާއިން ވަނީ އެކަމާ ގުޅިގެން އެ ބެލެނިވެރިޔާގެ ޢާއިލާއަށާއި ސްކޫލަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ވުޒާރާގެ ފަރާތުން ފޯރުކޮށްދޭނެ ކަމުގައި ބުނެފައެވެ. އަދި ތަޢުލީމީ ވުޒާރާއިން ވަނީ ނިޔާވި ބެލެނިވެރިޔާގެ ޢާއިލާއަށް ތަޢުޒިޔާވެސް ދަންނަވައިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު