Saturday, October 31
ޒަކިއްޔާގެ މަރާ ގުޅިގެން ތަޙުޤީޤަށް އެފްބީއައިގެ އެހީތެރިކަން ހޯދަނީ

ނ. ހޮޅުދޫގައި ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި އެމެރިކާގެ ތަޙުޤީޤީ އިދާރާ، ފެޑްރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) ގެ އެހީތެރިކަން ހޯދަން ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ޒަކިއްޔާގެ މަރުގެ ތަޙުޤީޤަށް އެފްބީއައިގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ފުލުހުންގެ ތަރުޖަމާނު، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް، އަޙްމަދު ޝިފާން ވިދާޅުވެފައިވީނަމަވެސް، މިކަމާ ގުޅޭ އިތުރު އެއްފެސް ތަފްޞީލެއް ހާމައެއް ނުކުރައްވައެވެ.

ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ބޮޑެތި ޒަހަމްތަކަކާ އެކު އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ. ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ކުނި ނަގަން ވަން ބިދޭސީންތަކަކަށެވެ. އޭނާ މަރުވެފައި އޮތް ތަނުގައި ވަރަށް ގިނައިން ލޭ ހުރިއިރު، ކައިރީގައި ވަޅިއެއް ވެސް އޮތެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ބައެއް މީހުން ބުނެފައިވާ ގޮތުން، އޭނާގެ ކަރު އޮތީ ބުރިކޮށްލައިފައެވެ. އަދި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ކިރިޔާ ކަމަށެވެ.

އެ ރަށުގެ މީހުން ވަނީ ޒަކިއްޔާއަށް އަމިއްލައަށް އޭނާގެ ހަށިގަނޑަށް އެވަރުގެ ބޮޑެތި އަނިޔާތަކެއް ދެވިދާނެތޯ ސުވާލު އުފައްދައިފައެވެ. ޒަކިއްޔާގެ މަރަށް އިންސާފު ނުލިބި ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ރަށުގެ ރައްޔިތުން ދޭތެރެއަކުން ނުކުމެ ދަނީ އިހުތިޖާޖުކުރަމުންނެވެ.

ފުލުހުން ބުނެފައިވަނީ ޒަކިއްޔާ މަރައިލި ކަމުގެ ހެއްކެއް އަދި ނިޝާނެއް ވެސް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު