Saturday, October 31
ޓެކްސީ ޑްރައިވަރުން ތާޒާކުރުމުގެ ޕްރޮގްރާމެއް ފަށައިފި

ޓެކްސީގެ ޚިދުމަތަށް އަލަށް ނުކުންނަ މީހުންނާއި ޓެކްސީ ޑްރައިވަރުންގެ ގޮތުގައި މިހާރުވެސް ހަރަކާތްތެރިވާ ފަރާތްތަކަށް އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުމުގެ ޕޮރްގްރާމެއް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ފަށައިފިއެވެ.

މި ޕްރޮގްރާމުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުން މައުލޫމާތު ދޭނެއެވެ. އަދި އެކްސިޑެންޓުތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ ގުޅޭގޮތުންނާއި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން ވެސް މަޢުލޫމާތުދޭވޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން މައުލޫމާތުދެއެވެ.

މިއީ ޓެކްސީ ޑްރައިވަރުން ތަމްރީނުކުރުމާއި ތާޒާކުރުމުގެ ސިލްސިލާ ޕްރޮގްރާމުތަކުގެ ތެރެއިން މި އަހަރުގެ މާލޭގައި ފެށި ފުރަތަމަ ޕްރޮގްރާމް އެވެ.

މިއަދު ފެށި މި ޕްރޮގްރާމް ޝަރަފުވެރިކޮށްދެއްވީ ހުޅުމާލެ ޕޮލިސް ކޮމާންޑު ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ދާޢޫދުއެވެ. މި ރަސްމިއްޔާތުގައި މާލެ ޕޮލިސްގެ ހެޑް އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސް ޢާސިމް އަބްދުﷲ އާއި ޓްރެފިކް ޕޮލިސް އެންޑް ރޯޑް މެނޭޖްމަންޓުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ސަމީރުގެ އިތުރުން ޑިޕާޓްމަންޓުތަކުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.

ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުން ކުރިއަށްގެންދާ މި ޕްރޮގްރާމުގައި 309 ޑްރައިވަރުން ބައިވެރިވެއެވެ.

މި ޕްރޮގްރާމް ކުރިއަށް ދާނީ މިއަދުން ފެށިގެން މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު