މާލޭގެ ގެއެއް އިމާރާތްކުރުމުގެ ތެރެއިން ޖެހިގެން އިން ގެއިން ބައެއް ގަނބައިން ދިއުމާ ގުޅިގެން މަސައްކަތް ކުރި ކޮންޓްރެކްޓަރާ މަޝްވަރާކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ ޢިމާރާތްކުރުމުގެ ޤަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް، އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅު ނައަޅައި، މ. ނެވިގޭޓަރ އިމާރާތް ކުރަމުގެ މަސައްކަތް ކުރަމުންދަނިކޮށް، އެ ގެއާ އިންވެގެން ހުރި ގެ މ. ލަކީހެވެން، ގަނބައިގަނެ އަޑިއަށްދާތީ، އެ ކަމަށް ހައްލެއް ގެނައުމާއި ގުޅޭގޮތުން، މާލެ ސިޓީ ކައުންސިލުން، މ. ލަކީހެވެންގެ މީހުންނާއި، މ. ނެވިގޭޓަރ ގެ ކޮންޓްރެކްޓަރާ ބައްދަލުކޮށްފައިވާ ކަމަށެވެ.
މ. ކެރިންލައިޓް އިމާރާތް ކުރަމުން ދިޔައިރު ޝީޓް ޕައިލްނުކޮށް ހުރުމުގެ ސަބަބުން ޖެހިގެން ހުރިގެ މ. ލަކީ ހެވަންގެ ރެނދު އަޅައި އަޑިއަށްދާތީ އިއްޔެ ވަނީ އެ ގެއިން މީހުން ހުސްކޮށްފައެވެ.
މީހުން ހުސްކުރުމުގެ މަސައްކަތުގައި އެ ދާއިރާގެ ކައުންސިލަރ އިބްރާހިމް އަބޫބަކުރު، މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރ ހަސަން ނިޒާމް އަދި ކައުންސިލްގެ މުވައްޒަފުން ވަނީ ހަރަކާތްތެރިވެފައެވެ.
މައޫލޫމާތު ލިބިފައިވާ ގޮތުގައި އެގޭގައި 4 ކޮޓަރީގައި 4 އާއިލާ އާއި 18 އަހަރުން ދަށުގެ 3 ކުދިންނާ 6 މީހުން އުޅެއެވެ. އަދި ދެ ބައެއްގައި ބޭރު މީހުންތަކެއް ކުއްޔަށް އުޅޭ ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
މި ލިޔުން ކިޔާލުމުން