Saturday, October 31
އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މަޖުބޫރުކުރުވުން، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށްޓަކައި ފުލުހުންގެ ޚިދުމަތުން މީހަކު ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ކްރިމިނަލް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މި އަމުރާ ގުޅިގެން ހޯދަމުންދަނީ ސ. މީދޫ / އާޒާދުވިލާ، ޢަބްދުﷲ ރަމީޒް (42އ) ކަމަށެވެ.

އޭނާ ހޯދަމުންދަނީ އޭނާގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޖިނާއީ މަޖުބޫރުކުރުވުން، އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން ޖަނަވަރީ 12 ވަނަ ދުވަހުގެ 11:00 އަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.

އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ މީހަކު ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު