02 ޖަނަވަރީ 2025 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައިވިޔަސް، އެ ދުވަހު ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެ ކަމުގައި މޯލްޑިވްސް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން މިއަދު ބުނީ ބުރާސްފަތި ދުވަހު ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މާލެ އޮފީހުން ކަމަށެވެ. މިގޮތުން އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅޭނެ ކަމަށާއި، 65 އަހަރުން މަތީގެ ފަރާތްތަކަށް އަދި އެމަރޖެންސީ ހާލަތްތަކުގައި އިމިގްރޭޝަނަށް ހާޒިރުވެ ޕާސްޕޯޓަށް އެދި އޮންލައިން ހުށަހެޅޭނީ އެ ދުވަހުގެ 08:30 އިން 14:00 އާ ދޭތެރޭ ކަމަށެވެ.
މީގެ އިތުރުން، ޕާސްޕޯޓާ ހަވާލުވުމަށް ނަންބަރު ދޫކުރާނީ 08:30 އިން 14:00 އަށް ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ނުވަތަ އިމިގްރޭޝަނަށް ހާޒިރުވެ ނަންބަރު ނެގޭނެ ކަމަށްވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ވަނީ ޞިއްޙީ ކުއްލި ހާލަތްތަކުގައި 9555333 އަށް ގުޅުމަށް އެދިފައެވެ.
މި ލިޔުން ކިޔާލުމުން