ޤައުމީ އެއާލައިން، މޯލްޑިވިއަނުން އެ އެއާލައިންގެ ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓަށް މަރުޙަބާ ކިޔުމަށް ތައްޔާރުވެއްޖެއެވެ.
މިގޮތުން މޯލްޑިވިއަން ފުރަތަމަ ވައިޑް-ބޮޑީ އެއާކްރާފްޓް ކަމަށްވާ އެއާބަސް އޭ330 ގެ ބޯޓެއް ރާއްޖެ ގެނައުމަށް ވަނީ ހަމަޖެހިފައެވެ. މި މަތިންދާ ބޯޓަށް މަރުޙަބާ ކިޔުމަށް ވަރަށް ޚާއްޞަ އެއާޝޯއެއް ބޭއްވުމަށް އެ އެއާލައިނުން ވަނީ ނިންމައިފައެވެ.
Join us in celebrating a significant milestone as we welcome our first wide-body aircraft, Airbus A330! To mark this special occasion, we are hosting an exciting airshow on 6th January 2025 (Monday). Are you ready? #MaldivianAero #MaldivianAeroAirshow #FirstA330 pic.twitter.com/jmlfkLWLfM
— MaldivianAero (@MaldivianAero) December 30, 2024
މި އެއާޝޯ އޮންނާނީ 6 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ ހަވީރު 17:00 އިން 17:30 އާ ދެމެދުގައެވެ.
މި އެއާޝޯ ތިން ސަރަހައްދެއްގައި ކުރިއަށްދާނެއެވެ. އެއީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ އިރުމަތީ ފަރާތު ގޮނޑުދޮށާއި، ދެވަނަ ފިޔަވަހީގެ އިރުމަތީ ފަރާތުގެ ގޮނޑުދޮށުގެ އިތުރުން މާލޭ އުސްފަސްގަނޑު ސަރަހައްދު ކަމަށް މޯލްޑިވިއަނުން ވަނީ ހާމަކޮށްފައެވެ.
މޯލްޑިވިއަނުން ދަނީ އޭ 330-200 މަރުކައިގެ އިތުރު ބޯޓެއް އަންނަ އަހަރުގެ ފަހުކޮޅު ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓްގެ ދަތުރުތައް ފުރަތަމަ ކުރުމަށް ހަމަޖެހިފައިވަނީ ހަފުތާއަކު 3 ފަހަރު ޗައިނާގެ ތިން މަންޒިލަކަށެވެ. އެ މަންޒިލްތަކަކީ، ބެއިޖިން، ޝަންހާއި އަދި ޗެންޑޫއަށެވެ.
މި ލިޔުން ކިޔާލުމުން