މާލޭ މަޖީދީމަގު ޓްރެފިކް ފްލޯއަށް ބަދަލުތަކެއް ގެނެސްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މަޖީދީމަގު ފެންބޮޑުވާ މައްސަލަ ހައްލުކުރުމުގެ ގޮތުން ބްލޮކްތަކަށް ބަހާލައިގެން ފުރަތަމަ ބްލޮކްގެ މަސައްކަތް މިހާރު ކުރަމުންދާތީ، 28 ޑިސެމްބަރު 2024 އިން ފެށިގެން 04 ޖަނަވަރީ 2025 ގެ ނިޔަލަށް މަޖީދީމަގު، ޗާންދަނީމަގާއި ރަށްދެބައިމަގާއި ހަމައަށް ޓްރެފިކް ފްލޯއަށް ބަދަލުގެނެވިފައިވާ ކަމަށެވެ.
އެގޮތުން މިސަރަހައްދުގެ ޓްރެފިކް ފްލޯއަށް ގެނެވިފައިވާ ބަދަލު އެނގޭނެ ޗާޓެއްވެސް ސިޓީ ކައުންސިލުން ވަނީ ޝާއިޢުކޮށްފައެވެ.
އެހެންކަމުން އެއްގަމު އުޅަނދު ދުއްވާ އެންމެހާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށް ސިޓީ ކައުންސިލުން ވަނީ އެދިފައެވެ.
މާލެސިޓީގެ މަގުތަކުގެ ޙާލަތު ދެނެގަނެ، ކުރިމަތިވާ މައްސަލަތައް ޙައްލުކުރުމަށް ކުރެވުނު ސާވޭގެ ތެރެއިން، މަޖީދީ މަގުގެ އެންމެ ބޮޑަށް ފެންބޮޑުވާ ސަރަޙައްދުކަމަށްވާ، ޗާންދަނީމަގާއި ރަށްދެބައިމާގާއި ދެމެދު މަގު މަރާމާތުކުރުމުގެ މަސައްކަތް މި ޑިސެންބަރު މަހުގެ 24 ވަނަ ދުވަހު ކައުންސިލުން ވަނީ ފަށައިފައެވެ. މި މަސައްކަތް ނިމޭއިރު މަޖީދީމަގު، މިހިސާބުގަޑުން ފެން ބޮޑުވުމުގެ ސަބަބުން، ހިނގާ މީހުންނަށާއި ދުއްވާތަކެއްޗަށް ކުރިމަތިވާ އުނދަގުލަށް ހައްލު ލިބިގެންދާނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން