Saturday, October 31
ފުވައްމުލަކުގައި ހިންގި ލީޑަރޝިޕް ކޭންޕު ނިންމާލައިފި

ފުވައްމުލަކު ސިޓީގައި ޤައުމީ ކުތުބުޚާނާއިން ހިންގި ލީޑަރޝިޕް ކޭންޕު ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ލީޑަރޝިޕް ކޭންޕުގައި 100 އަށް ވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާއިރު، މި ކޭންޕަކީ ލީޑަރޝިޕްގެ މުހިންމު ހުނަރާއި ޢަމަލީ ޢިލްމު ލިބިފައިވާ ބައިވެރިން ބާރުވެރި ކުރުވުމަށް ފަރުމާކޮށްފައިވާ އިމަރސިވް އަދި ޓްރާންސްފޯމަޓިވް ތަޖުރިބާއެއް ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ބުނެއެވެ.

މި ޕުރޮގުރާމުގެ ތެރޭގައި ބައިވެރިން ވަނީ ޓީމް ބިލްޑިން ކަސްރަތުތަކާއި ވޯކްޝޮޕްތަކާއި އިންޓަރެކްޓިވް ސެޝަންތަކުގައި ބައިވެރިވެ، އިތުބާރާއި މައްސަލަ ހައްލުކުރުމާއި ނިންމުންތައް ނިންމުމުގެ ގާބިލްކަން އިތުރުކޮށްފައެވެ.

ލީޑަރޝިޕް ޓްރެއިނިންގެ އިތުރުން، ޕާސަނަލް އަދި ޕްރޮފެޝަނަލް ގްރޯތް އަށް އެހީތެރިވުމަށް ކޮމިއުނިޓީ ޓޫލްސް ލީވަރ ކުރުމުގެ އަގު ބައިވެރިންނަށް ތަޢާރަފްކޮށްދިފައިވާއިރު އަމަލީ ސެޝަންތަކުގައި ޕަބްލިކް ލައިބްރަރީތަކާއި، ކޮމިއުނިޓީ ސެންޓަރުތަކާއި، ލޯކަލް އޯގަނައިޒޭޝަންތައް ފަދަ ވަސީލަތްތަކަށް އަލިއަޅުވާލާފައިވާ ކަމަށް ޤައުމީ ކުތުބުޚާނާއިން ވަނީ ބުނެފައެވެ.

ޤައުމީ ކުތުބުޚާނާއިން އިތުރަށް ބުނީ، މި ވަސީލަތްތައް ބޭނުންކޮށްގެން އެމީހުންގެ ޢިލްމު ފުޅާކުރުމާއި، އެހެން މީހުންނާ ގުޅިގެން މަސައްކަތްކުރުމާއި، މުޖުތަމަޢުތަކަށް މާނަހުރި ގޮތެއްގައި ޚިދުމަތް ދިނުމަށް ބައިވެރިންނަށް ދަސްވެގެންދިޔަ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު