އަޒަރުބައިޖާނުން ރަޝިޔާއަށް ދަތުރުކުރަމުން ދިޔަ މަތިންދާބޯޓެއް ކަޒަކިސްތާނުގެ އަކްޓައު ސިޓީއާ ކައިރިން މިއަދު ވެއްޓިފައިވާ ކަމަށް އެ ޤައުމުގެ އިމަޖެންސީ މިނިސްޓްރީން ބުނެފިއެވެ.
އެ މިނިސްޓްރީން ބުނީ ފްލައިޓް ނަންބަރު ޖޭ2-8243، އެމްބްރެއަރ 190 މަތިންދާބޯޓެއްގައި 62 ފަސިންޖަރުންނާއި 5 ކުރޫއިން ތިބި ކަމަށެވެ.
އަޒަރުބައިޖާނުގެ ވެރިރަށް ބާކޫއިން ރަޝިޔާގެ ގްރޮޒްނީއަށް ދަތުރު ކުރަމުން ދިޔަ މި ފްލައިޓް ވެއްޓުމުގެ ކުރިން, ފްލައިޓް ގެ ކްރޫއިން ވަނީ ބޯޓް އެހެން އެއަރޕޯޓަކަށް ޖެއްސުމުގެ ހުއްދައަށް އެދިފައެވެ. ގްރޮޒްނީގައި ހެދިފައިވާ ދުންފިނީގެ ސަބަބުން ބޯޓު އިމަޖެންސީ ލޭންޑިންގް އެއް ކުރަން މަޖުބޫރުވީ ކަމަށް އޮފިޝަލުން ވަނީ ބުނެފައެވެ. ބޯޓު ވެއްޓިފައިވަނީ އަކްޓައު ސިޓީ އާއި 3 ކިލޯމީޓަރު (1.8 މޭލު) ދުރަށެވެ.
މި ހާދިސާގައި 27 މީހުން ސަލާމަތް ވެފައިވާ ކަމަށާއި އަދި އެމީހުންނަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށް ސިއްޙީ އިދާރާތަކުން ވަނީ ބުނެފައެވެ. ސަލާމަތްވި މީހުންގެ ތެރޭގައި 3 ކުޑަކުދިން ވެސް ހިމެނެއެވެ.
އިމަޖެންސީ މިނިސްޓްރީ އިން ބުނެފައިވަނީ ބޯޓު ވެއްޓުމުން އަލިފާން ރޯވި ކަމަށެވެ. އަދި ފަޔަރ ސަރވިސްއިން އަލިފާން ނިއްވާލާފައިވާ ކަމަށެވެ.
ރަޝިޔާގެ އޭވިއޭޝަން ވޮޗްޑޮގުން ނެރުނު ބަޔާނުގައި ބުނެފައިވަނީ އިބްތިދާއީ މަޢުލޫމާތުން ދައްކާ ގޮތުގައި ޕައިލެޓް އިމަޖެންސީ ލޭންޑިންގއެއް ކުރަން ނިންމީ ދޫންޏެއް ޖެހުމުގެ ސަބަބުންނެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން އަޒަރުބައިޖާނުގެ ރައީސް އިލްހާމް އަލިޔެވް ރަޝިޔާއަށް ކުރައްވަމުން ގެންދެވި ދަތުރު ވަނީ ކުރުކޮށްލައްވައިފައެވެ.
ކަޒަކިސްތާނުގެ އިދާރާތަކުން ބުނެފައިވަނީ އެމީހުން ވަނީ މިކަން ހިނގާދިޔަ ގޮތުގެ އެކި "ވަރޝަންތައް" ޓެކްނިކަލް މައްސަލަތައް ހިމެނޭހެން ބަލަން ފަށާފައިި ކަމަށެވެ.
މި ލިޔުން ކިޔާލުމުން