Saturday, October 31
ޒަކިއްޔާގެ މަރާ ގުޅިގެން ހިނގި މާރާމާރީއެއްގެ މައްސަލާގައި ދަރިފުޅު ހައްޔަރުކޮށްފި

ނ.ހޮޅުދޫގައި ޒަޚަމްތަކާއެކު މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ މަރުގެ މައްސަލާގައި ކުރި ޒުވާބެއް ހޫނުވެ، އެ ރަށުގައި ހިންގި މާރާމާރީއަކާ ގުޅިގެން ޒަކިއްޔާގެ ދޮށީ ފިރިހެން ދަރިފުޅު މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ މިދިޔަ ބުރާސްފަތި ދުވަހު ހޮޅުދޫގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީއެއް ހިނގާފައިވާ ކަމަށާއި، އެ މާރާމާރީއާ ގުޅިގެން އެ ރަށު ނިއުލައިފް، މޫސާ ރިމްޒީ (30އ) ހައްޔަރުކޮށްފައިވާ ކަމަށެވެ.

ރިމްޒީ ހައްޔަރުކުރަން ނެރުނު އަމުރުގައި ބުނެފައިވާ ގޮތުން، މިދިޔަ ބުރާސްފަތި ދުވަހުގެރޭ އޭނާ ވަނީ އަޙްމަދު ޝުޖާއު ކިޔާ މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގާފައެވެ.

އެގޮތުން އޭނާގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ފެންނަ ކަމަށާއި، އެ މައްސަލައާ ގުޅިގެން ހެކި ފޮރުވުމަށް މަަސައްކަތްކޮށްފާނެ ކަމަށް އަމުރުގައި ބުނެފައިވެއެވެ.

ޒަކިއްޔާގެ ދަރިފުޅު ރިމްޒީ. ފޮޓޯ: ފުލުހުން

ދިރިއުޅެމުން ދިޔަ ގޭގެ ތެރޭގައި ބޮޑެތި ޒަހަމްތަކަކާ އެކު އުމުރުން 50 އަހަރުގެ ޒަކިއްޔާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުގެ ހެނދުނު އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނީ ގޭގެ ކުނި ނަގަން ވަން ބިދޭސީންތަކަކަށެވެ. އޭނާ މަރުވެފައި އޮތް ތަނުގައި ވަރަށް ގިނައިން ލޭ ހުރިއިރު، ކައިރީގައި ވަޅިއެއް ވެސް އޮތެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނު ބައެއް މީހުން ބުނެފައިވާ ގޮތުން، އޭނާގެ ކަރު އޮތީ ބުރިކޮށްލައިފައެވެ. އަދި ހަށިގަނޑާއި ކަރު ވަކިނުވެ އޮތީ ކިރިޔާ ކަމަށެވެ.

އެ ރަށުގެ މީހުން ވަނީ ޒަކިއްޔާއަށް އަމިއްލައަށް އޭނާގެ ހަށިގަނޑަށް އެވަރުގެ ބޮޑެތި އަނިޔާތަކެއް ދެވިދާނެތޯ ސުވާލު އުފައްދައިފައެވެ.

ޒަކިއްޔާގެ މަރަށް އިންސާފު ނުލިބި ލަސްވާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެ ރަށުގެ ރައްޔިތުން ދޭތެރެއަކުން ނުކުމެ ދަނީ އިހުތިޖާޖުކުރަމުންނެވެ.

ފުލުހުން ބުނެފައިވަނީ ޒަކިއްޔާ މަރައިލި ކަމުގެ ހެއްކެއް އަދި ނިޝާނެއް ވެސް މިހާތަނަށް ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު