Saturday, October 31
ފަސްލައްކަ ގަސް އިންދުން: ސްޓެލްކޯއިިން މިހާތަނަށް ބައިލައްކައަށްވުރެ ގިިނަ ގަސް އިންދައިފި

ސަރުކާރުގެ ފަސް އަހަރުން ފަސް މިލިއަން ގަސް ޕްރޮގްރާމްގައި ބައިވެރިވުމުގެ ގޮތުން، 5 އަހަރުން ފަސްލައްކަ ގަސް އިންދުމަށް ސްޓެލްކޯއިން ފަށާފައިވާ ހަރަކާތުގައި މިހާތަނަށް ބައިލައްކައަށްވުރެ ގިނަ ގަސް އިންދައިފިއެވެ.

މި ހަރަކާތާބެހޭ މައުލޫމާތު ހާމަކޮށް ސްޓެލްކޯއިން މިއަދު ބުނީ މި އަހަރުގެ ޖޫން މަހުގެ 5 ވަނަ ދުވަހުން ފެށިގެން ޑިސެންބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް، އެ ކުންފުނިން ޚިދުމަތްދޭ ރަށްރަށުގައި ޖުމްލަ 52،334 ގަސް އިންދާފައިވާ ކަމަށެވެ.

އެހެންކަމުން އަމާޒަށް ވާސިލުވުމަށް ސްޓެލްކޯއިން ދެން އިންދަންޖެހޭނީ 444,666 ގަހެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަސް މިލިއަން ގަސްއިންދުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ރިޔާސީ ވައުދެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މި ޕްރޮގްރާމު އިފުތިތާހުކޮށްދެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަސްކަމަށްވާ ޖޫން 5 ގައެވެ.

މި ޕްރޮގްރާމުން ދައްކުވައިދެނީ، ރާއްޖޭގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ހިމާޔަތްކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިހާރުގެ ޖީލުތަކާއި، އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި މޫސުމަށް އަންނަ ބަދަލުތަކުންކުރާ ނޭދެވޭ އަސަރުތަކުން އަރައިގަތުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު