Saturday, October 31
ގުރައިދޫގައި ނިޔާވި ތުއްތު ކުއްޖާގެ އޮޓޮޕްސީ ހެދުމަށްފަހު ވަޅުލައިފި

މި މަހުގެ 13 ވީ ހުކުރު ދުވަހުގެ ރޭ ކ.ގުރައިދޫގައި ނިޔާވި 4 މަހުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ވަޅުލައިފިއެވެ.

ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާއަށް ފޮނުވީ މި މަހުގެ 18 ވަނަ ދުވަހުގެ 12:00 ގެ ފުލައިޓުގައެވެ.

ފުލުހުން މިއަދު ބުނީ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ގެނެސް އާއިލާއާ ހަވާލުކޮށްފައިވާ ކަމަށެވެ. ނަމަވެސް އޮޓޮޕްސީ ރިޕޯޓާ ބެހޭ މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

އެ ކުއްޖާގެ ޖަނާޒާ ކަންކަން ކުރިއަށް ގެންގޮސް ވަޅުލާފައިވަނީ ހުޅުމާލެ ސަހަރާގައެވެ.

ކުއްޖާގެ އޮޓޮޕްސީ ހަދަން ނިންމީ ނިޔާވި ކުއްޖާގެ މަރުގައި ޝައްކުކުރެވޭ ކަންތައްތަކެއް ހުރުމުންނެވެ.

އެ ކުއްޖާ ޚަބަރު ހުސްވެފައި އޮތުމުން ގުރައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައީ މި މަހުގެ 13 ވަނަ ދުވަހުގެރޭގެ 00:30 ހާއިރުއެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް ކުއްޖާ އޮތީ ނިޔާވެފައެވެ.

ނިޔާވެފައި އޮތްއިރު، ކުއްޖާގެ ނޭފަތުން ލޭ އައިސްފައި ހުރި ކަމަށް މައުލޫމާތު ލިބެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު