Saturday, October 31
އަނެއްކާ ވެސް މާލޭ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މިއަދު ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭ ދަންވަރު 1:27 ހާައިރު ކަމަށެވެ.

ފުލުހުން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ނިިޔާވެފައި އޮއްވާ ފެނިފައިވަނީ ގ.ބިއުޓީވިލާ، ދާވޫދު ޖިމްރީޒް (45އ) އެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނިގެން އެ މައުލޫމާތު އިއްޔެ 17:02 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާތީ، ފުލުހުން އަންނަނީ އެ މައްސަލައިގެ ތަހުގީގު ވެސް ކުރަމުންނެވެ. ނިިޔާވެފައި އޮއްވާ ފެނިފައިވަނީ ގ.ފްރެސް ލައިޓް ޢަލީ ރަޝީދު (35އ) އެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު