Saturday, October 31
ގަލޮޅު ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ

މާލޭގެ ގަލޮޅު އަވަށުގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން ދެންމެ ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ޚަބަރު ހުސްވެފައި އޮތް މީހަކު ފެނުނުކަމުގެ މައުލޫމާތު މިއަދު 17:02 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ނިިޔާވެފައި އޮއްވާ ފެނިފައިވަނީ ގ.ފްރެސް ލައިޓް ޢަލީ ރަޝީދު (35އ) ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު