Saturday, October 31
އައްޑޫގައި ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕުރޮގުރާމެއް ހިންގައިފި

ޤައުމީ ކުތުބުޚާނާއިން އައްޑޫ ސިޓީގައި ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕުރޮގުރާމެއް ބާއްވައިފިއެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ޤައުމީ ކުތުބުޚާނާ، ޓޭލަރސް ޔުނިވާސިޓީ މެލޭޝިއާ އަދި ކިއު ސްޓަޑީ މެލޭޝިއާ އިން އިންތިޒާމްކޮށް ބޭއްވި ލީޑަޝިޕް ކޭމްޕެއް ކަމަށާއި، އައްޑޫއަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ މި ޕުރޮގުރާމުގައި 30 މީހަކު ވަނީ ބައިވެރިވެފައެވެ. ޤައުމީ ކުތުބުޚާނާއިން ވަނީ މި ޕްރޮގްރާމުގެ ބައިވެރިންނަށް ޝުކުރު އަދާކޮށްފައެވެ.

މި ޕުރޮގުރާމުގައި ލީޑަރޝިޕްގެ އަސާސްތަކާއި މައްސަލަ ހައްލުކުރުމާއި ކުރިއަށް އޮތްތަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެވޭނެ ރަނގަޅު ނިންމުންތަކެއް ނިންމާނެ ގޮތްތައް ދަސްކޮށްދީފައިވާ ކަމަށް ޤައުމީ ކުތުބުޚާނާ އިން ވަނީ ބުނެފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު