Saturday, October 31
ހައްޔަރުކުރި ދެ ޓެކްސީ ޑްރައިވަރުން ދޫކޮށްލައިފި

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގައި ބަންދުކުރި ދެ މީހުން ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.

އެއިހުތިޖާޖުގައި ހައްޔަރުކުރީ މުހައްމަދު ޝާމީން، މއ. ވިރާހު މާލެ 39އ/ އަހްމަދު ޝަބީން، ސަންރޭ، ލ. ދަނބިދޫ 33އ/ އަދި ނުއުމާން އަހްމަދު، ހޮލިޑޭވިލެޖް، ހ.ދ. ކުމުންދޫ އެވެ. ފުލުހުން ބުނީ އެ ދެމީހުންގެ ބަންދުގެ މުއްދަތު މިއަދަށް ހަމަވާތީ ކޯޓަށް ހާޒިރުކުރުމުން، ޝަރުތުކުރުމަށްފަހު އެމީހުން ގެއަށް ދޫކޮށްލާފައިވާ ކަމަށެވެ.

އެ އިހުތިޖާޖުގެ ބައިވެރިން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިސްތިއުފާ ދިނުމަށް ގޮވާލައި، ސަރުކާރުން ފަށަން އުޅޭ ޓެކްސީ ފްލީޓް ހުއްޓާލުމަށް އެދިފައެވެ.

ފުލުހުން މީޑިޔާ ތަކަށް ދިން މެސެޖެއްގައި ބުނީ މި އިހުތިޖާޖުގައި 4 ފުރޮޅުލީ 22 އުޅަނދު ވަނީ ޓޯ ކޮށްފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު