Saturday, October 31
ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ދެ މީހެއްގެ ބަންދަށް މުއްދަތުޖަހައިފި

ރޭ ހުޅުމާލޭގައި ކުރިއަށް ގެންދިޔަ ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖުގައި ހައްޔަރުކުރި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ބަންދަށް ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުން މުއްދަތުޖަހައިފި އެވެ.

މި އިހުތިޖާޖުގައި ހައްޔަރުކުރީ މުހައްމަދު ޝާމީން، މއ. ވިރާހު މާލެ 39އ/ އަހްމަދު ޝަބީން، ސަންރޭ، ލ. ދަނބިދޫ 33އ/ އަދި ނުއުމާން އަހްމަދު، ހޮލިޑޭވިލެޖް، ހ.ދ. ކުމުންދޫ އެވެ.

މި އިހުތިޖާޖު ފެށުނީ ބުދަ ދުވަހުގެ ހަވީރެވެ. އިހުތިޖާޖުގެ ބައިވެރިން ވަނީ ޓްރާންސްޕޯޓް މިނިސްޓަރު އަމީން އިސްތިއުފާ ދިނުމަށް ގޮވާލައި، ސަރުކާރުން ފަށަން އުޅޭ ޓެކްސީ ފްލީޓް ހުއްޓާލުމަށް އެދިފައެވެ.

މި މައްސަލަައާއި ގުޅިގެން މުހައްމަދު ޝާމީން އަދި އަހްމަދު ޝަބީންގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައި އަދި ނުއުމާން އަހްމަދު ވަނީ ޝަރުތު ކުރުމަށްފަހު ދޫކޮށްލާފައެވެ.

ފުލުހުން މީޑިޔާ ތަކަށް ދިން މެސެޖެއްގައި ބުނީ މި އިހުތިޖާޖުގައި 4 ފުރޮޅުލީ 22 އުޅަނދު ވަނީ ޓޯ ކޮށްފައި ކަމަށެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު