Saturday, October 31
އެމްއެންޔޫ މެރަތަންގެ ޕްލެޓިނަމް ސްޕޮންސަރއަކަށް ބީ.އެމް.އެލް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ (އެމް.އެން.ޔޫ) މެރަތަންގެ ޕްލެޓިނަމް ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ހަމަޖައްސައިފިއެވެ.

ބީ.އެމް.އެލް އިން ބުނީ މި މެރަތަން އަށް ބީއެމްއެލްގެ އެހީތެރިކަން ފޯރުކޮށްދީފައި މިވަނީ ހަރަކާތްތެރި ދިރިއުޅުމެއް އުޅުމަށް ހިތްވަރުދިނުމަށާއި މުޖުތަމަޢުގެ ރޫޙު އާލާކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެމް.އެން.ޔޫ އިން އިސްނަގައިގެން ކުރިއަށްގެންދާ މުހިންމު މަސައްކަތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމު މަޤުޞަދުގައި ކަމަށެވެ.

އެމް.އެން.ޔޫ މެރަތަންގައި ކިޑްސް ޑޭޝް، 5 ކިލޯ މީޓަރު، 10 ކިލޯމީޓަރު، ހާފް މެރަތަން އަދި މެރަތަން ހިމެނޭނެއެވެ. މި ދުވުމުގެ މަޤުޞަދަކީ ޝައުޤުވެރިކަން ހުރި ރޭސްތަކެއްގެ ތެރެއިން ހުރިހާ އުމުރުފުރައެއްގެ މީހުންގެ މެދުގައި ހަށިހެޔޮ ދިރިއުޅުމުގެ މުހިންމުކަން ބުނެދިނުމާއި މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި ކުޅިވަރުގެ ރޫހު ކުރިއެރުވުމެވެ.

އެމް.އެން.ޔޫ މެރަތަން ބޭއްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 20 އަދި 21 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު