Saturday, October 31
އިލެކްޓްރިކަލް އިންސްޓޮލޭޝަން އެންޑް މެއިންޓަނަންސް ކޯހެއް ފަށައިފި

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހިންގާ ކޮމިޔުނިޓީ އަޕްސްކިލިން ޕްރޮގްރާމް (ސީ.ޔޫ.ޕީ)ގެ ތެރެއިން އިލެކްޓްރިކަލް އިންސްޓުލޭޝަން އެންޑް މެއިންޓަނަންސް ކޯހެއް ފަށައިފިއެވެ.

ގއ. ކޮލަމާފުށީގައި މިމަހު ނުވަ ވަނަ ދުވަހު ފެށި މި ޕުރޮގުރާމުގައި ޖުމުލަ 45 ޒުވާނުން ވަނީ ބައިވެރިވެފައެވެ.

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިއީ ކޮމިޔުނިޓީ އަޕްސްކިލިންގ ޕްރޮގްރާމް (ސީ.ޔޫ.ޕީ) އަކީ ރަށްރަށުގައި ދިރިއުޅޭ ޒުވާނުންގެ ހުނަރު އިތުރަށް ތަރައްޤީކޮށް ހުނަރުވެރި މަސައްކަތްތެރިކަމުގެ ދާއިރާއިން އެންމެ ދަށްވެގެން އެމް.އެން.ކިޔު.އެފް ލެވެލް 3 ގެ ސަނަދެއް ފޯރުކޮށްދިނުމަށް އެ ވުޒާރާއިން ހިންގާ ހާއްސަ ސްކިލް ޑިވެލޮޕްމަންޓް ޕުރޮގުރާމެކެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު