އެއްވެސް ބޭނުމެއް ނުހިފި ވީރާނާވަމުން ދިޔަ، ގަލޮޅު ސިޓީ ޕާކު، 15 އަހަރު ފަހުން، އަލުން ހެދުމުގެ މަސައްކަތް، މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ. މި މަސައްކަތް ފަށާފައިވަނީ 6 ޑިސެމްބަރ 2024 ގައެވެ. ގަލޮޅު ސިޓީޕާކަކީ ގަލޮޅުގައި އޮންނަ ހަމައެކަނި ޕާކެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ ގަލޮޅު ސިޓީ ޕާކު ތަރައްޤީ ކުރުމަށް ޓަކައި، ޕާކުގެ ވަށައި ޓިނު ޖަހައި ބަންދުކުރުމަށް ފަހު 15 އަހަރު ވީއިރު، ވެސް އެ ތަނުގެ އެއްވެސް މަސައްކަތެއް ނުކޮށް އޮތުމުން، މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އައްޑާއަކަށް އެ ތަންވެ، އެ ކަމުގެ ސަބަބުން، އެ ސަރައްޙައްދުގައި ދިރި އުޅޭ ރައްޔިތުންނަށް، ތަފާތު އުނދަގޫތައް ވަމުންދާތީ، އެ ކަމުގެ ޝަކުވާތައްވެސް ކެނޑިނޭޅި އެކައުންސިލަށް ލިބެމުންދާ ކަމަށެވެ. މިކަމާ ގުޅިގެން 8 އޮގަސްޓް 2024 ގައި، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް ޢާޒިމްގެ އިސްނެންގެވުގެ މަތިން، ސިޓީ ޕާކުގައި ވަށައިގެން ޖަހާފަ ހުރި ޓިނުތައް ނަޓާލައި އެތަން ސާފުކޮށް، ކޮންމެ ވެސް ވަރަކަށް އާބަތުރަ ފިލުވާފަވެއެވެ.
ގަލޮޅު ސިޓީ ޕާކު އަލުން ތައްޔާރުކުރުމުގެ މަސައްކަތް ކުރަނީ، އެ ތަނުގައި ޖާގަ އޮތް މިންވަރުން ރައްޔިތުންގެ ބޭނުންވާ ކަންކަމަށް، ވަރަށް ބޮޑަށް އިސްކަން ދީގެން ކަމަށާއި، މިގޮތުން މިހާރު ފަށައިގެން އުޅޭ، ސިޓީޕާކު އަލުންހެދުމުގެ މަސައްކަތް ނިމޭއިރު، ސީޓީ ޕާކުގައި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި އައުޓްޑޯރ ބެޑްމިންޓަން ކޯޓަކާއި ދުވާ ޓްރެކަކާއި ކުޑަކުދިން ކުޅޭނެ ހުސް ބިމަކާއި އައުޓްޑޯ ޖިމަކާއި އިވެންޓް ބޭއްވުމަށް ޚާއްޞަ ސަރަޙަދަކާއި އަދި ޢުމުރުން ދުވަސްވީ ބޭފުޅުން މަޑުކޮށްލައިގެން ތިބުމަށް ޓަކައި، އުނދޯލި ބަހައްޓައިގެން ތައްޔާރުކޮށްފަ އޮންނަ ޚާއްޞަ ސަރަޙައްދެއް އޮންނާނެ ކަމަށްވެސް ސިޓީ ކައުންސިލުން މަޢުލޫމާތު ދެއެވެ.
މި މަސައްކަތަކީ މާލެ ސިޓީގެ މޭޔަރުކަމާ، މިހާރުގެ މޭޔަރ އާދަމް ޢާޒިމް ހަވާލުވެވަޑައިގެންނެވުމަށް ފަހު، މާލެ ސިޓީ އަކީ ހިތްފަސޭހަ، އަމާން، ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެއްދެވުމަށް ކުރައްވަމުންގެންދަވާ ގިނަ ގުނަ މަސަކަތްތަކުގެ ތެރޭގައި ހިމަނައިގެން ކުރައްވާ މަސަކަތެއް ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން