Saturday, October 31
ދަ ސިނަމެޓިކް އޮލިމްޕިކްސް ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެއަށް

އިންޑިއާގެ ޖެއިޕޫރުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ފިލްމު ފެސްޓިވަލް "ދަ ސިނަމެޓިކް އޮލިމްޕިކްސް" ގައި ބައިވެރިވުމުގެ ފުރުޞަތު ރާއްޖެ އަށް ލިބިއްޖެއެވެ.

މި ފިލްމު ފެސްޓިވަލް އޮންނާނީ އަންނަ ޖެނުއަރީ މަހުގެ 17 ން 21 އަށް އިންޑިއާގެ ޖައިޕޫރުގައެވެ.

ނޭޝަނަލް ސެންޓަރ ފޯރ ދި އާރޓްސް އިން މިހާރު ވަނީ މި ފެސްޓިވަލްގައި ރާއްޖެއިން ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލާފައެވެ.

މި ފިލްމު ފެސްޓިވަލްގައި ބައިވެރިވާ ފަރާތްތަކަށް އިންޑިއާގެ އެންމެބޮޑު ޕްރޮޑަކްޝަން ޓީމްތަކާއި ބައްދަލުވެ އެފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމަށް ފުރުޞަތު ހޯދުމަށް މަޝްވަރާކުރެވޭނެއެވެ. އަދި ވޯރޑް ސިނެމާ ސަމިޓްގެ ނަމުގައި ކުރިއަށް ގެންދާ ސަމިޓްގައި މިހާރު ދުނިޔޭގައި މަޝްހޫރު ޓްރެންޑްތަކާއި ދުނިޔޭގެ ސިނަމާތަކުގައި ޑައިރެކްޝަން ކުރިއަށްދާ ގޮތާއި އެކަމުގެ މަޢުލޫމާތު ހޯދުމަށް ވަރަށް ރަނގަޅު ފުރުޞަތު ލިބިގެންދާނެއެވެ.

މީގެ އިތުރުން މިދާއިރާގައި ހުރި ފުރުޞަތު ހޯދުމަށް ފަންނީ ފަރާތްތަކާއި ގުޅުން ބަދަހިވެ ރާއްޖޭގެ ޕްރޮޑަކްޝަން ދާއިރާ ކުރިއެރުވުމަށް ފުރުޞަތު ހޯދުމަށް މަގުފަހިވެގެންދާނެއެވެ.

ހަމަ މި ފެސްޓިވަލްގައި އަމިއްލަ އައިޑިއާއެއް ނުވަތަ ސެޝަންއެއް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށްވެސް އެފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އެން.ސީ.އޭ އިން ވަނީ މި ފެސްޓިވަލްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެކަމުގެ މައުލޫމާތު ހޯދާ ބައިވެރިވާން ރަޖިސްޓްރީކުރުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު