Monday, November 2
ތިލަފުށި

ގަަވައިދާ ހިލާފަށް ތިލަފުށީގެ ފަޅުގައި އަޅާފައި އޮތް ޓަގު ބޯޓެއް ނަގަން އަންގައިފި އެވެ.

މިއަދު އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ އެ ޓަގު ބޯޓު އަޅާފައި އޮތީ ކ. ތިލަފުށީގެ ލޮޓް ނަންބަރު 30230 ގައި ކަމަށެވެ.

އެޗްޑީސީން އެދިފައިވަނީ އެ އުޅަނދުގެ ވެރިފަރާތެއް ވާނަމަ އެޗްޑީސީގެ ތިލަފުށީ އޮޕަރޭޝަންސް ޑިޕާޓްމަންޓްއަށް ގުޅައި މައުލޫމާތު ސާފުކުރުމަށާއި އަދި މިއަދުން ފެށިގެން 7 ދުވަހުގެ ތެރޭގައި އެ އުޅަނދު ނެގުމަށެވެ.

އަދި އެ މުއްދަތުގެ ތެރޭގައި އެ އުޅަނދު ނުނަގައިފިނަމަ އެއީ ވެރިިފަރާތުން ބޭނުން ނެތިގެން ދޫކޮށްލައިފައިވާ އުޅަނދެއްގެ ގޮތުގައި ބަލައި އެޗްޑީސީން ކަނޑައަޅާ ގޮތެއްގެ މަތިން އެ އުޅަނދާ މެދު އަމަލުކުރެވޭނެ ކަމަށް ވެސް އެޗްޑީސީން ބުނެފައި ވެއެވެ.

އެޗްޑީސީން ވަނީ އެފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެ ކޯޕަރޭޝަނަށް ދޭ އެއްބާރުލުމަށް ޝުކުރު އަދާކޮށްފައެވެ.

 

 

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު