Saturday, October 31
އެންއައިސީގެ މެންބަރުކަމަށް އިންޝާ އައްޔަންކުރެއްވުމަށް މަޖިލީހުގެ ރުހުން ހޯދަނީ

ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ މެންބަރުކަމަށް ގ.ނޫރަންފިނި، މަރްޔަމް އިންޝާ ފައިޞަލް އައްޔަންކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުށަހަޅުއްވައިފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މިކަމާ ގުޅިގެން ރައީސް ފޮނުއްވި ސިިޓީ އިއްވަވައިފައެވެ.

އެ ސިޓީގައިވާ ގޮތުން، އިންޝާގެ ނަން ހުށަހެޅުއްވީ އެންއައިސީގެ މެންބަރުކަމަށް ކުރިމަތިލުމަށް ހުޅުވައިލުމުން ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިންނެވެ.

ސިޓީ އިއްވެވުމާއެކު، ރިޔާސަތުން ވަނީ މައްސަލަ ދިރާސާކުރުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއަށް ފޮނުއްވިކަން އިއުލާނުކުރައްވައިފައެވެ.

އެންއައިސީއަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުއާމަލާތުކުރުމުގެ ހައިސިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ގާނޫނީ ޝަޚްސެކެވެ.

އެންއައިސީގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި، އެ އިދާރާތަކުގެ މުވައްޒަފުން ކުރާ ގާނޫނާއި ގަވާއިދާ ޚިލާފު އަމަލުތައް ބަލައި ތަހުގީގުކުރުމާއި، އެފަދަ އަމަލެއްކަމަށް ބަލައި ތަހުގީގުކުރުމާއި، އެފަދަ އަމަލެއްކަމަށް ތުހުމަތުކުރެވޭ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިފިކަމަށް ނުވަތަ ހިންގަން އުޅޭ ކަމަށް ތުހުމަތުކޮށް މައްސަލައެއް ހުށަހަޅައިފިނަމަ، އެކަމެއް ބަލައި ތަހުގީގުކުރުން ހިމެނެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު