Saturday, October 31
ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް މިރޭ ދަންވަރު ބުރޫއަރާފާނެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ދެމުންގެންދާ އިންޓަނެޓް ބޭންކިންގެ ހިދުމަތަށް މިރޭ ދަންވަރު ބުރޫއަރާފާނެ ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްއިން ދެންމެ އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިރޭ ދަންވަރު ދޭކުން ތިންގަޑި ބަޔަށް މެއިންޓެނެންސްގެ މަސައްކަތްތަކެއް ކުރަމުންދާތީ އިންޓަނެޓް ބޭންކިންގެ ހިދުމަތްތަކަށް ބުރޫ އަރާފާނެ ކަމަށެވެ.

އަދި އެވަގުތުތަކުގައި ހިދުމަތަށް ބޫރު އަރާފާނެތީ އެކަމަށް މާފަށް އެދޭކަމަށް ބީއެމްއެލްއިން ބުންޏެވެ.

އެހެންނަމަވެސް އޭޓީއެމް، ޕީއޯއެސް މެޝިން، ޕޭމަންޓް ގޭޓްވޭ، ކާޑު ގެ ހިދުމަތް އަދި ޑޮލަރު ބުކިން ޕޯޓަލް ފަދަ އެހެން ހުރިހާ ހިދުމަތެއް މި ވަގުތު ތަކުގައި ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފައި ވެއެވެ.

މި ލިޔުން ކިޔާލުމުން

Like
Love
Ah Ah
Wow
Sad
ކިޔުންތެރިންގެ ހިޔާލު