ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް މިއަދު އެއް އަހަރު ފުރުނުއިރު، މަސްވެރި ކަމަށް އެމަނިކުފާނު ހާއްސަކުރި މަސްވެރި ވުޒާރާއިން އެންމެ ހާއްސަ ކަމެއް ދިން ކަމަކީ މަސްވެރި ކޮލެޖެއް އުފެއްދުމަށް މަސްވެރި ގާނޫނުން ލާޒިމު ކޮށްފައިވާ މަސައްކަތް އަވަހަށް ނިންމުމެވެ.
މިގޮތުން ރާއްޖޭގައި އަލަށް މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީގެ ދަށުން މަސްވެރި ކޮލެޖް ހިންގުމުގެ މަޝްވަރާ ފަށާފައިވަނީ 29 ނޮވެމްބަރު 2023 ވަނަ ދުވަހުގައެވެ.
މަސްވެރި ކޮލެޖަކީ ދެމެހެއްޓެނިވި ގޮތަށް ނިޒާމެއްގެ ތެރެއިން ހިނގާނެ ކޮލެޖަކަށް ހެދުމަށްޓަކައި މި މަސައްކަތް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީއާ ގުޅިގެން އެ ޔުނިވާސީޓީގައި "މޯލްޑިވްސް ކޮލެޖު ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް" ގެ ނަމުގައި މިހާރު ވަނީ އުފައްދައިފައެވެ.
އަދި ފިޝަރީޒް ކޮލެޖް ގާއިމް ކުރުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާ އާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާ ދެމެދު ފަހުމުނާމާގައި ސޮއިކުރެވިގެން ދިޔައީ 27 ޑިސެމްބަރު 2023 ވަނަ ދުވަހުއެވެ. މި ފަހުމުނާމާގައި ވުޒާރާގެ ފަރާތުން ސޮއިކުރައްވާފައިވަނީ ވަޒީރު އަޙްމަދު ޝިޔާމްއެވެ. އެމްއެންޔޫގެ ފަރާތުން ސޮއި ކުރައްވާފައިވަނީ ވައިސް ޗާންސެލަރ ޑރ. ޝެހެނާޒް އާދަމްއެވެ.
މޯލްޑިވްސް ކޮލެޖު ފޯ ފިޝަރީޒް އެންޑް އޯޝަން ސައިންސަސް 1 ސެޕްޓެމްބަރު 2024 ގައި އުފައްދާ މަސްވެރި ސިނާއަތާ ގުޅުންހުރި ކޯސްތައް ހިންގުމަށްވަނީ ފަށާފައެވެ. އޭގެ ތެރޭގައި ބެޗެލަރ އޮފް މެރިން ސައިންސް ކޯސް ހިމެނެއެވެ. މީގެ އިތުރުން ސްޕޯޓސް ފިޝިންއާއި މަސް ޕްރޮސެސްކުރަން ދަސްކޮށްދޭ ކޯހަށްވެސް ހުޅުވާފައިވެއެވެ.
މި ލިޔުން ކިޔާލުމުން