ޒަމާނީ ހުރިހާ ވަސީލަތްތަކާއެކު ޓާޝަރީ ހޮސްޕިޓަލެއްގެ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލު ރަސްމީކޮށް މިރޭ ހުޅުވައިފިއެވެ.
ދަރުމަވަންތަ ހޮސްޕިޓަލު ރަސްމީކޮށް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.
މި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ރައީސް ޢަބްދުﷲ ޔާމީންގެ ދައުރުގައި ހެދި ދަރުމަވަންތަ ހޮސްޕިޓަލު ރަސްމީކޮށް ހުޅުވާފައި މިވަނީ މީގެކުރިން އެ ހޮސްޕިޓަލުން ނުލިބޭ ގިނަ ޚިދުމަތްތައް ލިބޭނެ ވަސީލަތްތައް ގާއިމުކުރުމަށްފަހުގައެވެ.
ދަރުމަވަންތަ ހޮސްޕިޓަލު އިމާރާތްކޮށްފައިވަނީ ޒަމާނީ ފެންވަރުގެ ހައިި ބްރިޑް ކެތު ލެބަކާއެކުއެވެ. ނަމަވެސް މި ކެތު ލެބު އިމާރާތްކުރިތާ 6 އަހަރުވީއިރު ވެސް ބޭނުންނުކޮށް ބަހައްޓާފައި ހުރުމުގެ ސަބަބުން މިތަނުގައި ހުރި ބައެއް މެޝިނަރީޒް ވަނީ ހަލާކުވެފައެވެ.
މިރޭގެ ރަސްމިއްޔާތުގައި ވަނީ ކެތު ލެބާއި، ނެޝަނަލް ފަރޓިލިޓީ ސެންޓަރު އިފުތިތާހުކޮށްފައެވެ. އަދި އެ ހޮސްޕިޓަލުގެ އީއާރް އަކީ ކުޑަކުދިންނަށް ޚާއްސަ އީއާރްއެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ.
މި ލިޔުން ކިޔާލުމުން