ހުޅުމާލޭ ބޭރުގައި އޮންނަ ޝާރކް ޕޮއިންޓަކުން ފަތުރުވެރިޔެއްގެ ބޮލުގައި މިޔަރެއް ދަތް އަޅައިފި އެވެ.
ފުލުހުން ދެންމެ ބުނީ މާފުށިން ޑައިވިންނަށް ދިޔަ ފަތުރުވެރިއަކަށް މިޔަރެއް ހަމަލާ ދީގެން ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެ ހަމަލާގައި އަނިޔާވެފައިވަނީ ޗައިނާގެ 45 އަހަރުގެ އަންހެން ފަތުރުވެރިއަކަށެވެ.
އެ މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
މައޫލޫމާތު ލިބިފައި ވާގޮތުގައި މި ފަތުރުވެރިޔާ ހުޅުމާލޭ ބޭރުގައި އޮންނަ ޝާރކް ޕޮއިންޓަށް ބޭލީ މާފުށި އެރީނާ ޑައިވް ސެންޓަރ އިންނެވެ.
މި ލިޔުން ކިޔާލުމުން