މަދަރުސާތަކުގެ 13 އަހަރުން މަތީގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ ”ގައުމިއްޔަތު ދަތުރު“ ގައި ބައިވެރި ވުމުގެ ފުރުސަތު ދަރިވަރުންނަށް ހުޅުވާލައިފި އެވެ.
ދިވެހި ސަގާފަތާއި ބެހޭ ވުޒާރާ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ މި ދަތުރުގައި ޝަހީދުންގެ ދަނާވަތި، ގައުމީ ދަރުލް އާސާރު، ކަޅުވަކަރު މިސްކިތް، ކަޅުއޮށް ފުންމި، އުސްގެކޮޅު، ގުޅަކުޅޭ ފަސްގަނޑު، ޝަހީދުންގެ ހަނދާނީ ބިނާ، ހުކުރު މިސްކިތް، މެދު ޒިޔާރާތް، އަލިރަސްގެފާނު ޒިޔާރާތް، އީދު މިސްކިތް އަދި ބިހުރޯޒު ކަމަނާ މިސްކިތް ބަލާންދާގޮތަށް ވަނީ ހަމަޖެހިފައި ކަމަށެވެ.
އަދި ރަޖިސްޓްރީ ކުރުމަށް 7699595 އަށް ގުޅުުއްވާ 16 ނުވެމްބަރު 2024 ގެ 8:00 ޖެހުމުގެ ކުރިން ފޯރމް ހުށައަޅަން އެ ވުޒާރައިން ވަނީ ބުނެފަ އެވެ.
މި ލިޔުން ކިޔާލުމުން