ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކުގެ އިންތިޚާބުގެ ވޯޓު ނަގާ ދާއިރާތަކާއި ރަށްތަކާއި، ކެންޑިޑޭޓުންގެ ނަންތައް މިއަދު އާންމުކޮށްފިއެވެ.
ޕީއެންސީއިން ނެެރުނު ބަޔާނެއްގައި ބުނީ ދާއިރާތަކާއި ރަށްތަކުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ އަދަދަށް ނުވަތަ އެއަށްވުރެ މަދު ކެންޑިޑޭޓުންގެ ޝަރުތުތަކާއި އިޖުރާއަތްތައް ފުރިހަމަވާނަމަ އެ ކެންޑިޑޭޓުން ވޯޓު ނެގުމެއް ނެތި އެ މަގާމުތަކަށް އިންތިޚާބުވެގެންދާނެ ކަމަށެވެ. އަދި އިންތިޚާބުކުރަންޖެހޭ އަދަދަށްވުރެ ގިނަ ކެންޑިޑޭޓުންގެ ޝަރުތުތަކާއި އިޖުރާއަތުތައް ފުރިހަމަވެފައިވާ ދާއިރާތަކުގައި އިންތިޚާބު ކުރިއަށްގެންދެވޭނެ ކަމަށެވެ.
އެގޮތުން ޕީއެންސީއިން ވަނީ އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކާއި ރަށްތަކާއި ޝަރުތުތަކާއި އިޖުރާއަތުތައް ފުރިހަމަވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރެވިފައިވާ ގޮތް އިއުލާނުކޮށްފައެވެ.
އިންތިޚާބު ބާއްވަންޖެހޭ މަގާމުތައް:
- ދާއިރާގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތައް.
- ދާއިރާގެ ނައިބު ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތައް.
- އަންހެނުންގެ ހަރަކާތުގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކާއި ރަށްތައް.
- ޒުވާނުންގެ ހަރަކާތުގެ ރައީސްކަމަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކާއި ރަށްތައް.
- ސްޓިއަރިން ކޮމިޓީތަކުގެ މަގާމުތަކަށް ވާދަކުރާ ކެންޑިޑޭޓުންނާއި އިންތިޚާބު ބާއްވަންޖެހޭ ދާއިރާތަކާއި ރަށްތައް.
މި އިންތިޚާބު ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 23 ގައެވެ.
މި އިންތިޚާބުގައި ވޯޓު ނެގުމަށް ހަމަޖެހިފައިވާ ދާއިރާތަކާއި ރަށްތަކުގައި ވޯޓު ނެގުން ކުރިއަށްދާނެ ވަގުތުތައް ފަހުން އިއުލާނުކުރާނެ ކަމަށް ޕީއެންސީއިން ވަނީ ބުނެފައެވެ.
މި ލިޔުން ކިޔާލުމުން