ތ.ހިރިލަންދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު އާންމުކުރި ޚަބަރެއްގައި ބުނީ މި މަހުގެ 11 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ ތ.ހިރިލަންދޫ، ޗަމަން، އަޙްމަދު ސިނާނު (37އ) އާއި މާލެ، މއ.ސީނަރީވިޔު، އަޙްމަދު މާދިޙް (34އ) ކަމަށެވެ.
އެ ދެ މީހުން ހައްޔަރުކޮށް، ކޯޓު އަމުރެއްގެ ދަށުން އެ ރަށު ގެއެއް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 24 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިރިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވެސް ހަތް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
ހިރިލަންދޫ ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުންގެ ޚަބަރުގައި ބުނެފައިވެއެވެ.
މި ލިޔުން ކިޔާލުމުން