ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ފްލެޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކުރި މައްސަލާގައި ހައްޔަރުކުރި މީހުން ބަންދުކުރަން އަމުރުކޮށްފިއެވެ.
މިިދިޔަ ބުރާސްފަތި ދުވަހުގެ ރޭ 12 މީހުންގެ ގުރޫޕަކުން މީހަކު ރަހީނުކުރީ އެޗް 9 ގެ 20 ވަނަ ފްލޯގެ 11 ވަނަ އެޕާޓްމަންޓެއްގައެވެ.
އެ ރޭގެ އިރާކޮޅުގެ ވަގުތެއްގައި ފުލުހުން ވަނީ އެ އެޕާޓްމަންޓުގެ ދޮރު ހަލާކުކޮށްލުމަށްފަހު ވަދެ، އެ ތަނުގައި ތިބި 12 މީހުން ހައްޔަރުކޮށް، އަނިޔާ ލިބުނު މީހާ ސަލާމަތްކޮށްފައެވެ.
ފުލުހުން މިއަދު ބުނީ އެ 12 މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން 7 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި ހާދިސާއާ ގުޅިގެން ހޯމް މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ އަނިޔާ ލިބުނު މީހާ ސަލާމަތް ކުރީ އޭނާ ރަހީނުކުރިތާ ގާތްގަނޑަކަށް 40 މިނެޓް ތެރޭގައި ކަމަށާއި، ފުލުހުން އެ އެޕާޓްމަންޓަށް ވަންއިރު އޭނާގެ ބޯ ބާލުވައިފައިވާ ކަމަށެވެ. އަދި ވަޅިން އޭނާގެ އިނގިލި ބުރިކޮށްލަން ތައްޔާރުކޮށްފައި ހުރި ކަމަށެވެ.
މި ލިޔުން ކިޔާލުމުން