ހުޅުމާލެ ފަޅު ތެރޭގައި އޮތް ސަފާރީއެއްގައި އަލިފާން ރޯވެއްޖެ އެވެ.
އެމްއެންޑީއެފުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާން ރޯވެފައިވަނީ "ބުލޫވޭގާ" ނަމަކަށް ކިޔާ ސަފާރީއެއްގަ ކަމަށެވެ.
އަދި މި ހާދިސާގެ ރިޕޯޓް ރޭ ފަތިހު 03:42 ހާއިރު ލިބުމާ އެއްކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ދަނީ ހަރަކާތްތެރި ވަމުން ކަމަށް އެމްއެންޑީއެފުން ބުނެފައި ވެއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ މައުލޫމާތު އަދި ނުލިބޭ ކަމަށްވެސް އެމްއެންޑީއެފުން ބުނެ އެވެ.
މި ލިޔުން ކިޔާލުމުން