މަޖީދީ މަގުގައި ހުންނަ ޒިއޯން މޯބައިލްސް ފިހާރައިގެ ބިއްލޫރިގަނޑު ތަޅާލައިގެން ވަދެ އެ ފިހާރާއިން ވައްކަންކުރި މީހާގެ ބަންދަށް 20 ދުވަހުގެ މުއްދަތެއް ޖަހައިފި އެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ ހއ. މަރަދޫ/ ފިނިރޯޅި، 47އ ގެ އަހްމަދު ނިޔާޒްއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އޭނާ ހައްޔަރުކޮށް، އޭނާ ގެންގުޅުނު ދަބަހެއް ބަލައިފާސްކުރިއިރު، އެ ފިހާރައިން އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ 9 ފޯނު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެމީހާ 20 ދުވަހަށް ބަންދުކުރުމަށް އަމުރުކުރީ، އެ މައްސަލައާ ގުޅިގެން ބަންދަށް ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް މިއަދު ހާޒިރުކުރުމުން ކަމަށެވެ.
ޒިއޯންމޮބައިލްސް ފިހާރައިން ވައްކަންކޮށްގެން ރިޕޯޓުކޮށްފައިވަނީ އިއްޔެ ހެނދުނު 5:35 ހާއިރު އެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި ލިޔުން ކިޔާލުމުން