ވެރިކަން ކުރާ ޕާޓީ، ޕީއެންސީން ބަޖެޓް ކިޔައި ދޭން ސިލްސިލާ ފޯރަމްތަކެއް ބާއްވަން ނިންމައިފި އެވެ.
ޕީއެންސީން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ސައްލާ ފޯރަމް ފަށާނީ މިރޭ 9:00 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ ހަރުގޭގައި ކަމަށެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓާ ގުޅޭ ތަފުސީލުތައް އާންމުންނަށް ސާފުކޮށް ކިޔައި ދޭ މި ފޯރަމް އަށް ކިޔަނީ "ރައްޔިތުންގެ ސައްލާ ފޯރަމް" އެވެ.
މިރޭގެ ސައްލާ ފޯރަމްގައި ވާހަކަ ދެއްކުމަށް ހަމަޖައްސާފައި ވަނީ "ގެދޮރުވެރިކަމުގެ ބަޖެޓު 2025" މި މައުލޫއުއަށް ކަމަށްވެސް ބުންޏެވެ.
މިރޭގެ ފޯރަމްގެ ޕެނެލްގައި ބައިވެރިވާނީ ޕީއެންސީގެ ނައިބުރައީސް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު، ރައީސް އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ލީގަލް އެފެއާޒް މުޙައްމަދު ފިރުޒުލް، މިނިސްޓްރީ އޮފް ފިނޭންސްގެ ނައިބުވަޒީރު އަޙްމަދު ސާއިދު މުޞްޠަފާ އެވެ.
ޕީއެންސީން ބުނީ މިފޯރަމްގައި ބައިވެރިވެވަޑައިގެންނަވާ ޢާންމު ރައްޔިތުންނަށް ޕެނަލުގެ ބައިވެރިންނާ ސުވާލުކުރެއްވުމުގެ ފުރުޞަތު އޮންނާނެ ކަމަށެވެ.
މި ލިޔުން ކިޔާލުމުން