ގއ.ގެމަނަފުށީ އެސްޓީއޯ ބޭސްފިހާރައިން ބޭހެއް ނުލިބުމުން މީހަކު، އެ ފިހާރައިގައި އިން ފާމަސިސްޓަށް ބިރުދެއްކި މައްސަލައެއް ފެންމަތިވެއްޖެއެވެ.
ފުލުހުން ބުނީ ގެމަނަފުށީ ބޭސްފިހާރައިން ބޭހެއް ނުލިބިގެން ހިތްހަމަ ނުޖެހުން ފާޅުކުރި މައްސަލައެއް ރޭގެ ވަގުތެއްގައި ރިޕޯޓް ކޮށްފައި ވާކަމަށެވެ.
އަދި މިކަމާ ގުޅިގެން ބޭސްފިހާރާ ގައި އިން އަންހެން މީހާ ބިރުގަތުމުގެ ސަބަބުން ސިއްހީ މަރުކަޒުގައި ފަރުވާދީފައި ދޫކޮށްލާފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މި ލިޔުން ކިޔާލުމުން