ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތުން އިސްލާމްދީނާއި ގައުމަށް ލިބޭނެ އެއްވެސް ކާމިޔާބީއެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭގައި ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފިރިހެނަކުވިޔަސް، އަންހެނަކުވިޔަސް، މާތް ﷲ ރުހިވޮޑިގެންނުވާ ގޮތަކަށް ތިމާގެ ހަށިގަނޑު ހާމަކޮށްގެން ކުރާ މަސައްކަތަކުން ނުވަތަ ބައިވެރިވާ ކުޅިވަރަކުން، ތިމާއަށް ނުވަތަ ތިމާގެ ދިނާއި ޤައުމަށް ލިބޭނެ ޙަޤީޤީ ރީތިނަމެއް، އުފަލެއް، ކާމިޔާބީއެއް ނެތްކަމުގައެވެ.
އަދި އެއަށްފަހު ރައީސް ވަނީ ކީރިތި ޤުރުއާނުން އިސްރާ ސޫރަތުގެ 81 ވަނަ އާޔަތް ހިއްސާ ކުރައްވާފައެވެ. އެ އާޔަތުގައި الله ވަހީކުރަށްވާފައިވަނީ "وَقُلْ جَاءَ الْحَقُّ وَزَهَقَ الْبَاطِلُ ۚ إِنَّ الْبَاطِلَ كَانَ زَهُوقًا ﴿٨١﴾ "އަދި ކަލޭގެފާނު ވިދާޅުވާށެވެ! ޙައްޤު ތެދުގޮތް އަތުވެއްޖެއެވެ. އަދި ބާޠިލު ގޮތް ނެތި ފިލައިހިނގައްޖެއެވެ. ހަމަކަށަވަރުން، ބާޠިލަކީ، ނެތިވެ ފިލައިދަނިވި އެއްޗެއްކަމުގައިވިއެވެ."
މިގޮތަށް ރައީސް ވާހަކަދަށްކަވާފައި ވަނީ މިސް މޯލްޑިވްސް މުބާރާތް އަންނަ މަހުގެ 14 ވަނަ ދުވަހު މެކްސިކޯގައި ފަށާއިރު، ރާއްޖެ ތަމްސީލް ކުރުމުގެ ނަމުގައި ދިވެއްސެއްގެ ބައިވެރިވުން އޮތުމާއި ގުޅިގެންނެވެ.
މިކަމާއި ގުޅިގެން ޔޫތު މިނިސްޓްރީން ވެސް ވަނީ ބަޔާނެއް ނެރި މިކަން ކުށްވެރިކޮށްފައެވެ. މިނިސްޓްރީން ބުނީ މެކްސިކޯގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މިސް ޔުނިވާސް މުބާރާތުގައި ރާއްޖެ ތަމްސީލުކުރުމަށް ދިވެއްސަކު ބައިވެރިވަނީ ދިވެހި ސަރުކާރުގެ އެއްވެސް ބައިވެރިވުމެއް އޮވެގެން ނޫން ކަމަށާއި އަދި އެއީ ދިވެހި ސަރުކާރުން ބަލައިގަންނަ ކަމެއް ވެސް ނޫންކަމެވެ.
މި ލިޔުން ކިޔާލުމުން