އެސްޓީއޯއަށް މި އަހަރުގެ ތިންވަނަ ކުއާޓާގައި ޖުމްލަ އާމްދަނީގެ ގޮތުގައި ވަނީ 3.6 ބިލިއަން ރުފިޔާ ލިބުނުއިރު، ސާފު ފައިދާގެ ގޮތުގައި 156 މިލިއަން ރުފިޔާ ލިބިއްޖެއެވެ.
އެސްޓީއޯގެ 2024 ވަނަ އަހަރުގެ ތިންވަނަ ކުއާޓާގެ ހިސާބުތައް މިއަދު ވަނީ އެ ކުންފުނީގެ ވެބްސައިޓްގައި އާއްމުކޮށްފައެވެ.
މި އަހަރުގެ ތިންވަނަ ކުއާޓާގެ ޖުމްލަ އާމްދަނީގެ ގޮތުގައި އެ ކުންފުންޏަށް 3.6 ބިލިއަން ރުފިޔާ ލިބުނުއިރު، މިއީ މީގެ ކުރީ ކުއާޓާއާ އަޅައިބަލާއިރު 3 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި ޖުމްލަ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ކުންފުނިން ކުރަމުންގެންދާ ވިޔަފާރި ރަނގަޅުވުމެވެ.
ހިސާބުތަކުން ދައްކާ ގޮތުން ކުންފުނީގެ އާމްދަނީ އިތުރުވުމާއެކު ޖުމްލަ ފައިދާގެ ގޮތުގައި ވަނީ 592 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓާއާ އަޅައިބަލާއިރު 15 އިންސައްތައިގެ ކުރިއެރުމެކެވެ.
އެސްޓީއޯއިން ހާމަކޮށްފައިވާ ގޮތުގައި އެ ކުންފުނީގެ ޕްރޮވިޝަންސް އިތުރުވުމާއެކު ކުންފުނީގެ ޚަރަދު އިތުރުވީ ނަމަވެސް، ކުންފުނީގެ ޖުމްލަ ފައިދާ އިތުރުވުމާއެކު މި ކުއާޓާގެ ހިންގުމުގެ ފައިދާގެ ގޮތުގައި ވަނީ 251 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ މީގެ ކުރީ ކުއާޓާއާ އަޅައިބަލާއިރު 23 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓެކްސްއަށް ކެނޑުމުގެ ކުރިން މި ކުއާޓާގެ ސާފު ފައިދާއަކީ 198 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ ކުއާޓާއާ އަޅައިބަލާއިރު 12 އިންސައްތައިގެ ކުރިއެރުމެކެވެ.
ޓެކުހަށް ކެނޑުމަށްފަހު މި ކުއާޓާގެ ސާފު ފައިދާގެ ގޮތުގައި ވަނީ 156 މިލިއަން ރުފިޔާ ލިބިފައެވެ.
މި ލިޔުން ކިޔާލުމުން