ގްރޭޓާ މާލެ ކަނެކްޓިވިޓީ މަޝްރޫއުގެ %45.82 މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓަރ ޑރ.ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
މިދިޔަ ސަރުކާރުގަ ފެށި މި މަޝްރޫއުއަކީ 454 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. މިހާރުގެ ސަރުކާރު ހަވާލުވިއިރު މި މަޝްރޫއުއިން ނިމިފައިވަނީ %29 އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްޠަލިބް ވިދާޅުވީ މިހާތަނަށް މި މަޝްރޫއުގެ ޕްރީ ކާސްޓް ސެގްމެންޓްގެ %43.5 ނިމިފައިވާއިރު, ތަނބުތަކުުގެ ޕައިލިންގެ މަސައްކަތުގެ %79.5 ނިމިފައިވާ ކަމަށެވެ. އަދި ޕައިލްކެޕްގެ މަސައްކަތް %67.8 ނިމިފައިވާއިރު, ޕިއަރ ކޮމްޕްލެކްސްގެ މަސައްކަތުގެ %62.2 ނިމިފައިވާ ކަމަށެވެ.
ޖުމްލަ ގޮތެއްގައި މަޝްރޫއުގެ %45.82 ނިމިފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
އަދި ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތް ކުރޭވޭނެ ކަމަށް ގަބޫލު ކުރާކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.
މި ލިޔުން ކިޔާލުމުން