މި ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު ވޭތުވެދިޔަ މުއްދަތުގައި 328 ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް ހޯމް މިނިސްޓަރު ޢަލީ އިޙްސާން މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް މަސްތުވާތަކެތީގެ އެކި ބާވަތްތަކާއި ބަނގުރާ ހިމެނޭހެން 328 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށެވެ. އަދި އެއިން އަންގައިދެނީ ރާއްޖޭގެ މަސްތުވާތަކެތީގެ މާހައުލުގައި މިކަން އޮތްވަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ އަމާޒަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ދައުރުގެ ތެރޭގައި މި މައްސަލައަށް ހައްލު ހޯދުން ކަމަށެވެ.
އެގޮތުން މަސްތުވާތަކެއްޗާއި ގޭންގްގެ މައްސަލައަށް ދާއިމީ ހައްލު ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ގެންނަން ބޭނުންވާ އެންމެ ބޮޑު ބަދަލަކީ މިހާރު އޮތް ދެ ގާނޫނަށް އިސްލާހު ގެނައުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެ އިސްލާހުތައް މިހާރު ޑްރާފްޓްކޮށް ބަންޑާރަނައިބުގެ އޮފީހަށް ފޮނުވާފައިވާކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާއު ވިދާޅުވި ގޮތުގައި 17 ނޮވެމްބަރު 2023 އިން ފެށިގެން މިދިޔަ އޮކްޓޯބަރު 20 ގެ ނިޔަލަށް 117 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އަދި 8,300 އަށްވުރެ ގިނަ ބަނގުރާ ފުޅިއާއި، ދަޅު ވަނީ އަތުލައިގަނެފައެވެ.
މި ލިޔުން ކިޔާލުމުން